ސިނަމާލެ 3 ގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ސިނަމާލޭ 3 ގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ފެން މޯޓަރުގެ ކޭބަލް ވަގަށް ގެންދިއުމާ ގުޅިގެން އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ދަތިތަކާއި ދިމާވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ ކޭބަލް ވަގަށް ނެގުމުން ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި މިފަދަ ކަންތައްތައް ކުރާ ފަރާތްތައް ހޯދާ ހަރުކަށިފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފުޑްކޯޓާއި ރިންގް ރޯޑްގެ ލައިޓްތަކުގެ ކޭބަލްތައްވެސް ވަގަށް ގެންގޮސްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު