އައްޑޫ ހިތަދޫ އުސްގަނޑުގައި ޕާކުކޮށްފައި އޮތް ބާ ކާރުތަކެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ހިތަދޫ އުސްގަނޑު ސަރަހައްދުގައި ޕާކްކޮށްފައި އޮތް ބާ ކާރުތަކެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:40 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވައިލާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

މި ޙާދިސާގައި އަލިފާން ރޯވީ އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ބާވެފައިވާ ތިން ކާރުގައި ކަމަށާއި މި އަލިފާންގަނޑު ނިއްވާލެވުނީ 8:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން