އޮކްޓޯބަރު މަހު އެމްޑީޕީން އިޒްރޭލަށް ފިޔަވަޅު ނޭޅި ސަބަބާ މެދު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ސުވާލު އުފައްދައިފި އެވެ.

އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލައިގެ ބަހުސްގައި ފަލާހު ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރީ މިދިޔަ އޮކްޓޯބަރު މަހުކަމަށާއި އޭރު އެމްޑީޕީން އިޒްރޭލަށް ފިޔަވަޅު ނޭޅި ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ.

ފަލާޙް މިއަދު ވިދާޅުވީ ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކޮށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ބައެއް ކަމަށާއި އެހެންކަމުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތްތައް ސިޔާސީ ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.

އެގޮތުން މިހާރުވެސް އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުންގެންދާ މައްސަލައިގައި، ދިވެހި ސަރުކާރުން ވަރުގަދަ ފިޔަވަޅުތައް އެ ގައުމާ ދެކޮޅަށް އަޅަން ނިންމާފައިވާކަން ފަލާހް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އެމްޑީޕީން މިއަދު މަޖިލީހަށް މިބިލު ހުށަހެޅުމަކީ އިހުލާސްތެރިކަމެއް ނެތުންކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

ފަލާހު ވިދާޅުވީ، އެ ބިލުގެ މަސައްކަތަކީ، އިހުލާސްތެރިކޮށް ކުރެވޭ މަސައްކަތަކަށްވާ ނަމަ، އެކަމުގައި އެއްބާރުލުން ދެއްވާނެ ކަަމަށެވެ. އެހެންކަމުން އެކަން ސަރުކާރާއި ރައްޔިތުން ބޭނުންވާ ގޮތަށް އަވަހަށް ނިންމުމަށް 241 ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުނާއި ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށް ހުށައަޅާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން