ސަރުކާރުން މި ދައުރުގައި މަޖިލީހަށް 37 ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 82 ވަނަ މާއްދާގެ ރ ގެ ދަށުން ކޮންމެ ދައުރެއްގައި ވެސް ސަރުކާރުން މަޖިލީހަށް ފޮނުވާނެ ބިލުތަކުގެ ލިސްޓު މިހާރު ލިބިފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ލިސްޓުގައި 37 ބިލެއް ހިމަނައިފައިވާ ކަމަށާއި އެ ލިސްޓު މެންބަރުންނަށް ފޮނުއްވާނެ ކަމަށެވެ. އޭގެތެރޭގައި މިދިޔަ ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމި ގިނަ ބިލުތަކެއް ހިމެނޭ ކަމަށް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މަޖިލީހަށް ފޮނުއްވި ބިލް ތަކުގެ ތެރެއިން ދެ ބިލެއްގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައިވެސް ވަނީ އިއްވައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ހުށަހަޅުއްވާ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ ތެރެއިން 200 އަށް ވުރެ ގިނަ ބިލަށް އިސްލާހު ގެންނަން ޖެހޭކަން ފާހަގަވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން