އިޒްރޭލު ޕާސްޕޯޓް މަނާކުރަން އެމްޑީޕީން ހުށައެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މިބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ 88 މެންބަރުންގެ ވޯޓުންނެވެ.

އެހެންކަމުން މަޖިލީހުގެ ރިޔާސަތުން ނިންމަވާފައިވަނީ އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލު ދިރާސާކުރުމަށް 241 ކޮމިޓީ އަށް ފޮނުވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލު ބަލައިގެންފައިވާއިރު މަޖިލީހުގެ މެޖޯރިޓީ ލީޑަރ އިބްރާހިމް ފަލާހް ވިދާޅުވެފައިވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތްތައް ސިޔާސީ ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ.

އެމްޑީޕީގެ މި ބިލުގެ މަސައްކަތް މަޖިލީހުގައި ފަށާފައިވާއިރު، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ވަޒީރުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

19 ވަނަ މަޖިލީހުގެ ދައުރު ނިމެނިކޮށް އެމްޑީޕީން ހުށައެޅި މިބިލުގައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށެވެ.

އިޒްރޭލު މައްސަލާގައި ސަރުކާރުން ބުނެފައިވަނީ، ރައީސްގެ ނިންމެވުމާއިއެކު އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން މަޖިލިސް ތެރެއިން އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެކަމަށެވެ.

އަދި އެމްޑީޕީގެ ފަރާތުން މެންބަރު މީކާއީލް ހުށަހެޅުއްވި މައްސަލައަކީ ވެސް ދާދި އެއް މައްސަލައަކަށް ވާތީ އެއް މަޤްސަދެއް ހާސިލުވާނަމަ އެ މައްސަލަ ހުށަހެޅި މީހަކަށް ނުބަލާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން