19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ބަންޑާރަނާއިބު އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

މިއަދުގެ ޖަލްސާގައި ބަންޑާރަނާއިބު އަހުމަދު އުޝާމަށް ރުހުން ދިނުމަށް މަޖިލީހުގެ 87 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދިނުމަށް 83 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އޭގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން އޮތްކަމަށް 81 މެންބަރުން ވޯޓު ދީފައިވާއިރު ރުހުން ނެތްކަމަށް 4 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން ރައީސް މުޢިއްޒު ވަނީ އެބޭފުޅުން ހަމަ އެ މަގާމުތަކަށް އަލުން އައްޔަން ކުރައްވައި މަޖިލީހުގެ ރުހުން ހޯދުމަށް ދެވަނަ ފަހަރަށް ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން