އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ މުއައްސަސާއެއްގެ ގޮތުގައި އެމްޑީޕީ 'އިންސްޓިޓިއުޝަނަލައިޒް' ކުރުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި މެންބަރުންނަށް ވަނީ ހިއްސާކޮށްފައެވެ.
“މި މަގުޗާޓަކީ އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރެވޭފަދަ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމު ކަމެއް.” ރޭގެ ޖަލްސާގައި ފައްޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް ނާކާމިޔާބުވި ސަބަބުތައް ހޯދައި ދިރާސާ ކުރުމަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންނާ ރޭވަނީ ހިއްސާކޮށްފަ އެވެ.
އެ މަސައްކަތުގެ ދަށުން ރަށްރަށަށް ޒިޔާރަތްކޮށް މެމްބަރުންގެ ހިޔާލުވެސް އެ ކޮމިޓީން ހޯދާނެ ކަމަށް ރޭގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ރޭބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު