ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުން ދާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.

ސަރުކާރުން ކޮންޓްރެކްޓް އުސޫލުން އާރުޑީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ހުޅުދުއްފާރުގައި ތާރު އެޅުމަށް ބޭނުން އަސްފަލްޓް ޕްލާންޓް އެރަށަށް ފޮނުވައިފާ ވާނެކަމަށް އާރުޑީސީން ބުނެއެވެ. އަދި ޕްލާންޓް ސެޓަޕްގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އާރުޑީސީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެރަށު ބޮޑުތަކުރުފާނުގައި މަގުގައި ތާރުގެ ކުރިން އަޅާ އެގްރިގެޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމަށް ތައްޔާރުވުމުގެ ގޮތުން އެމަގު ސަބްގްރޭޑް ކުރުމުގެ މަސައްކަތްތައްވެސް އާރުޑީސީން ދަނީ ކުރަމުންނެވެ.

އާޜުޑީސީން ބުނީ ހުޅުދުއްފާރުގެ އިތުރުން އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން، މާމިގިލީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރު ވަމުންދާކަމަށެވެ. އެގޮތުން އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން އެގްރިގެޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމަށްޓަކައި މާމިގިލީ ރަށްދެބައިމަގު ސަބްގުރޭޑު ކުރުމުގެ މަސައްކަތް މިހާރު އާރުޑީސީން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން