މަސްވެރިކަމުގެ ފުރިހަމަ ނަފާ ލިބޭނީ ވެލިއު-އެޑްކޮށް މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން ކަމަށް ޑިމޮކްރެޓުން ހާމަކޮށްފިއެވެ.
މަސްވެރިންގެ ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅިގެން އިއްޔެ މަސްވެރިން އިޙްތިޖާޖު ކޮށްފައިވާއިރު ޑިމޮކްރެޓުން މިއަދު ނެރެފައިވާ ބަނާނެއްގައި ބުނެފައިވަނީ ކިރުވާ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ހޯދުމަށް، މަސައްކަތް ހުއްޓާލުމަށްފަހު މަސްވެރިން އިހުތިޖާޖު ކުރަންޖެހޭ ޖެހުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
އެގޮތުން މަސްވެރިން ކިރުވާ މަހުގެ ބޮޑު އިންސައްތައެއް ގަނޑުކުރި ރޯމަހުގެ ގޮތުގައި އެކްސްޕޯޓު ކުރާހާ ހިނދަކު މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބެންޖެހޭ ފުރިހަމަ ނަފާ ނުލިބޭނެ ކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ. އަދި ދިވެހި މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ހޯދައި ދިނުމަށްޓަކައި މިހާރު ރާއްޖޭގައި މަސް ޕްރޮސެސްކުރުމަށް ބޭނުންކުރާ މޮޑެލް ބަދަލުކުރުން މުހިންމުކަމަށް ޑިމޮކްރެޓުންގެ ބަޔާނުގައިވެއެވެ.
ޑިމޮކްރެޓުން ބުނީ ރާއްޖޭން އެކްސްޕޯޓުކުރާ މަހުގެ ބޮޑު ބަޔަކީ ކޮންމެވެސް އެއްގޮތަކަށް ޕްރޮސެސްކުރެވި ވެލިއުއެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ އެއްޗެއްކަމުގައި ހެދިގެން ނޫނީ މަސްވެރިކަމުގެ ފުރިހަމަ ނަފާ ދިވެހި މަސްވެރިންނަށާއި އަދި ދިވެހިރާއްޖެއަށް ވެސް ނުލިބޭނެ ކަމަށެވެ.
“ސަރުކާރުން އެކީ މި މަސައްކަތުގެ ތެރެއިން ވީއްލި، މިހާރު ހުރި ސަރުކާރުގެ މަސް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖްތައް ޕްރައިވެޓައިޒް ކުރުން ނުހަނު ބޭނުންތެރިކަމަށް މި ޕާޓީއިން ދެކެމެވެ.” ޑިމޮކްރެޓުން ބުނެފައިވެއެވެ.
އެހެންކަމުން ސަރުކާރުން މަސްވެރިކަމުގެ ވިޔަފާރިން ނިކުމެ، އަމިއްލަ މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކާއި އަދި ކައުންސިލުތައް އެމަސައްކަތުގެ ތެރެއަށް ވައްދާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތަކެއް ލައިޓް އިންޑަސްޓްރިއަލް މެނުފެކްޗަރިން ޕްލާންޓްތަކެއްގެ ގޮތުގައި ގޭދަށު މަސް ފެކްޓްރީތައް ގާއިމުކޮށް އެތަންތަނަށް މަސްވެރިން ބާނާ މަސް ގަންނަންޖެހޭ ކަމަށް ޑިމޮކްރެޓުން ވަނީ ހާމަކޮށްފައެވެ.
ޑިމޮކްރެޓުން އިތުރަށް ބުނެފައިވަނީ މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގުދިނުމާއި، މަހުގެ އަގު އުފުލުމާއި، ރައީސް ޑރ. މުއިއްޒު މަސްވެރިކަމާ ގުޅޭ ގޮތުން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުމުގެ އިތުރުން މަހުގެ ކޯޓާ އަހަރުން އަހަރަށް ހަމަކުރުމަށްވެސް އޮތް މަގަކީ މަސްވެރިކަމާ ގުޅޭގޮތުން ޑިމޮކްރެޓުން ހުށަހަޅާފައިވާ ސިޔާސަތުތަކަށް ރާއްޖެ އެނބުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު