އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމޭނީ އޮގަސްޓުގެ ނިޔަލަށްކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ އާޒިމް ވިދާޅުވީ އާސަހަރާގެ މަސައްކަތް ނިންމަން 10.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

އެގޮތަށް ދިމާވީ މަސައްކަތް ކުރުމަށް ޙަވާލުކުރި ފަރާތްތަކަށް މަސައްކަތް އެއްކޮށް ނިންމާލެވިފައި ނުވާތީ ކަމަށާއި މަސައްކަތް ފަށާފައިވަނީ ކުރެހުން އެއްކޮށް ނުނިމެނީސް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މަސައްކަތް ކުރަން ފުރަތަމަ ހަވާލުކުރި ކުންފުންޏަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި ދެވަނައަށް ހަވާލުކުރި ކުންފުންޏަށް ވެސް ހަމަ އެ މަސައްކަތްކުރަން ފަސް މިލިއަން ރުފިޔާ ހޭދަވި ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަދި، ފިނިޝިން މަސައްކަތްކުރަން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

އާ ސަރަހަރާއަށް ދާމީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އާސަހަރާ ބަންދުކުރުމާއެކު މައްޔިތުން ހިނަވާ ވަޅުލުމުގެ ކަންކަން ބަދަލުކުރީ ހުޅުމާލެ ސަހަރާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން