ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ވެރިކަންކުރާ ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާޙް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި އެ ތަންތަނުގެ މުވައްޒަފުން ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިވީ އެމް.ޑީ.ޕީ ސަރުކާރުން އެދާއިރާއަށް ސަމާލުކަން ނުދީ އޮތުމުން ކަމަށް ފަލާޙް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ފަލާހް އިތުރަށް ވިދާޅުވީ ސިއްހީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާޙުތަކަކީ މުހިންމު ކަންތައްތަކެއް ކަމަށެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ސަރުކާރުން ދިޔައީ ސިއްހީ މުޅި ނިޒާމުވެސް އެއްކޮށް ފުނޑުފުނޑުކޮށްލާފައި ކަމަށް ފަލާޙް ވިދާޅުވިއެވެ.

“ސިއްހީ ހިދުމަތްދޭ އިމާރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަންދެން އެ ވަނީ ވަރަށް ނިކަމެތި ހާލުގައި ޖެހިފަ.” ފަލާޙް ވިދާޅުވެފައިވެއެވެ.

މެންބަރު ފަލާހް ވިދާޅުވީ މި ގައުމުގައި ސިއްހީ މައްސަލަތައް ވަނީ ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިކަމަށާއި އާސަންދަ އާއި އެންސްޕާއަށް ބަލާލުމުންވެސް ސިއްހީ ހާލަތު ވަޒަން ކުރެވޭނެކަމަށެވެ.

ހަމައެއާއެކު ފަލާޙް ވަނީ ރާއްޖޭން ބޭރުން އެތެރެކުރެވޭ ކާބޯ ތަކެއްޗާއި ރާއްޖޭގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ބޭނުންކުރާ އެކިއެކި ކެމިކަލްތަކާއި އެނޫންވެސް ކާބޯތަކެތީގެ މިންގަނޑުތައް ބެލޭނެ ނިޒާމެއް ނެތުމުގެ ކަނބޮޑުވުންވެސް ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން