ސަރުކާރަށް 7 މަސް ވީއިރު އާސަންދަ ޚިދުމަތް ދިޔައީ ފަހަތަށް ކަމަށް އިދިކޮޅު އެމް.ޑީ.ޕީ ގެ ޕީ.ޖީ ލީޑަރ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިސަރުކާރަށް ނިސްބަތްވާ މެންބަރުން ކުރީ ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކޮށްފައިވާތީ ނާޒިލްވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އަދި ސަރުކާރުން ބިލް ހުށައެޅި ނިޔަތާމެދު ނާޒިލްވަނީ ސުވާލު އުފައްދަވާފައެވެ.
“އާސަންދަ ދޭށޭ. އެކްސްރޭ ނުނެގިހުރި މެޝިންތަކުން އެކްސްރޭ ނެގޭނެ ގޮތްތައް ހައްދަވާ ދެއްވާށޭ. މެޝިން އެބަ ހުއްޓޭ ކަރަންޓެއް ނެތޭ. ކުރީ ސަރުކާރުން ކަރަންޓު ނުދިނީއޭ. ކުރީ ސަރުކާރޭ ކިޔައިގެން ރައްޔިތުން ބިކަކޮށް ނިކަމެތި ކުރަންތޯ މިއުޅެނީ.” ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ރައްޔިތުން މިސަރުކާރު ވެރިކަމަށް ގެނައީ ކުރީ ސަރުކާރު ގޯސްވެގެން ކަމަށާއި ނަމަވެސް ވެރިކަން ބަދަލުވިފަހުން 7 މަސް ވެފައިވާއިރު އަދިވެސް މަޖިލީހުން އިވެނީ ކުރީ ސަރުކާރުން ކަންތައްތަކެއް ނުކޮށްދިން ވާހަކައިގެ އަޑު ކަމަށެވެ. އަދި މި ސަރުކާރުން އެކަންކަން ރަނގަޅުކުރަން ކުރެވުނު ކަމެއް ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ މިސަރުކާރުން އާސަންދަ ނިޒާމްވެސް ގަޑުބަޑު ކޮށްފައިވާ ކަމަށާއި ކުރިން އެޚިދުމަތް ލިބެމުންދިޔަ އިންޑިއާ އިންވެސް މިހާރު އާސަންދަ ރަނގަޅަށް ނުލިބޭ ކަމަށެވެ. އެހެންކަމުން އާސަންދަ އާއި އެންސްޕާގެ ޚިދުމަތް ހަރުދަނާ ކުރުމަށް ނާޒިލް މިއަދު ވަނީ ގޮވާލައްވާފައެވެ.
“އާސަންދަ ޚިދުމަތް ތައިލޭންޑުންނާއި ދުބާއީންނާއި ސިންގަޕޫރުން ލިބޭނެ ވާހަކަ. އެންމެ ކުޑަމިނުން ކުރިން ލިބެމުންއައި އިންޑިއާ އިންވެސް މިހާރު ނުލިބޭ.” ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ޚިދުމަތެއް ރައްޔިތުންނަށް ދިނުމަކީ ފަރުވާއަކަށް ޤައުމުން ބޭރަށްދާ މީހާގެ މުޅި ފަރުވާ ޤައުމުން ބޭރުގައި ހުރެގެން ކުރެވޭނެ ގޮތްވުން ކަމަށާއި ބައިކުޅަބައި ޚިދުމަތް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
“އާސަންދަ ލިބިގެން ގޮސް ހުންނަ ބޭފުޅަކު ދެވަނަ ކަމަކަށް އޮޕަރޭޝަން ތިއޭޓަރަށް ވައްދާފަ އެދިއްޖެއްޔާވެސް ބުނަނީ އަންނާށޭ ރާއްޖެއަށް. އެކަމަކު އޭރު އޮންނަނީ ފަޅާލާފަ.” އާސަންދަ ޚިދުމަތަށް ފާޑު ވިދާޅުވަމުން ނާޒިލް ވިދާޅުވިއެވެ.
ހަމައެއާއެކު ސިއްހީ ޚިދުމަތް ރަނގަޅު ކުރުމުގެ ނިޔަތް ސަރުކާރުގައި ނެތްކަން ފާހަގަ ކުރަށްވަމުން ނާޒިލް ވިދާޅުވީ ރަނގަޅު ޕެނެޑޯލް ގުޅައެއް މިހާރު ނުލިބޭކަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވި މޮޅުބޭސް ލިބެނީ ދައުރުގެ ކިހާ ހިސާބެއްގައިތޯ ނާޒިލް ވަނީ ސުވާލު އުފައްދަވާފައެވެ.
“ތިބޭފުޅުން އަންނަންވެގެން ނޫންތޯ ވިދާޅުވީ ހުސް ތިޖޫރީ ހުއްޓަސް ހުސް ފޮއްޓެއް ހުއްޓަސް ތިމަންނަމެން އައިސްފަ ރައްޔިތުންނަށް މިކަން ކޮށްދޭނަމޭ. 7 މަސް ވެގެން ދަނީ. ތިޖޫރީ ގަނޑުވެސް ނެތް. ފޮށިވެސް ނެތް. ވީތަނެއް ނޭނގޭ. ހިދުމަތެއް ނުލިބޭ. ރައްޔިތުން ބިކަވަނީ ނިކަމެތިވަނީ.” މިއަދުގެ ބަހުސް ނިންމަވާލައްވަމުން ނާޒިލް ވިދާޅުވިއެވެ.
ނާޒިލް މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިބިލް ހުށަހެޅުމުގެ ބޭނުމަކީ ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމަކީ ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއްކަމުގައި ހެދުމަށް ޕްރިވެންޓިވް ކެއާގެ ހިދުމަތްތައް އެ ނިޒާމުގެ ތެރެއިން ދެވޭނެ ގޮތް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު