އީރާނުގެ ރައީސް، ރައިސީ އަވަހާރަވުމާއި ގުޅިގެން އެ މަގާމަށް އާ ބޭފުޅަކު އިންތިހާބު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިންތިހާބުގައި ވާދަކުރަނީ ކޮންބައެއް؟
ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ބާއްވާ އިންތިހާބުގައި ބައިވެރިވި ހަ ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓުން ވަނީ އިންތިހާބުގެ ރޭހުން ވަކިވެފަ އެވެ.
1. މަޖިލީހުގެ ރައީސް މުހައްމަދު ބަޣްރް ޣަލިބާފް
2. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަސްއޫދު ޕެޒެޝްކިއަން
3. ސެކިއުރިޓީގެ އިސް އޮފިޝަލް ސައީދު ޖަލީލީ
4. ސަލާމަތީ އޮފިޝަލް މުސްތަފާ ޕައުރު މުހައްމަދީ
5. ތެހެރާނުގެ މޭޔަރު އަލިރޭޒާ ޒަކާނީ (ރޭހުން ވަކިވެފައި)
6. ސަރުކާރުގެ އޮފިޝަލް އަމީރު-ހުސައިން ޣަޒީޒާދޭ ހާޝިމީ (ރޭހުން ވަކިވެފައި)
އީރާނުގައި ރައީސަކު އިންތިހާބު ކުރުމަށް އަސްލު ވޯޓުލާނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ. އެ ތާރީހަކީ އަވަހާރަވި ރައީސް އިބްރާހިމް ރައިސީ އިންތިޚާބުވިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ.
އީރާނުގެ ރައީސް ރައިސީ އަވަހާރަވީ މެއި މަހުގެ 19 ވަނަ ދުވަހު ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައެވެ.
ދައުރުގެ ބާކީ އޮތް ބައިގައި ވެރިކަން ހިންގުމަށް ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ނަތީޖާ މާދަމާގެ ވަގުތެއްގައި ހާމަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު