އިބްރާހިމް ފަހީމް   28 ޖޫން 2024 - 22:4
ކުޅިވަރުގެ ދާއިރާއިން އެކި ގޮތްގޮތުން ވަނަތައް ހޯދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ފަސްކޮށްފިއެވެ.

​މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން މިކަން ހާމަކޮށް މީސްމީޑިއާގައި ޕޯސްޓެއް ކޮށްފައިވީނަމަވެސް އެވޯޑު ހަފްލާ ދެން ބާއްވާނެ ތާރީހެއް ވެސް އަދި ފަސްކުރި ސަބަބެއް ވެސް ހާމައެއް ނުކުރެއެވެ.

މި އަހަރުގެ އެވޯޑު ހަފްލާ ފުރަތަމަ ބާއްވަން ނިންމީ މިމަހުގެ 27 ގައެވެ. ނަމަވެސް އީދުގެ ދުވަސްވަރާއި ދިމާވާތީކަމަށްބުނެ އެ ހަފްލާ އަންނަ ޖުލައި މަހުގެ 4 އަށް ފަސްކުރަން އޮތީ ނިންމާފައެވެ.

ދެވަނަ ފަހަރަށް މި އެވޯޑު ހަފްލާ ފަސްކޮށްފައި މިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާ ރައީސް އެކަން އިއުލާނު ކުރައްވާފައި ވަނިކޮށެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ތަފާތު އެކި މުނާސަބާތައް ފާހަގަ ނުކުރުން ވެސް ހިމެނިފައިވެއެވެ.

ސްޕޯޓްސް އެވޯޑަކީ ބައިނަލްއަގުވާމީ ފާހަގަކޮށްލެވޭ މަޝްހޫރު ތަރިންނަށް ވެސް ދައުވަތު ދީގެން މިފަހުން ބާއްވާފައިވާ އެވޯޑު ހަފްލާއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން