ދައުލަތުގެ ދަރަންޏާ ބެހޭ ބިލް އެޖެންޑާކޮށް މަޖިލީހުގެ ޖާލްސާއެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށް އެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ "ދައުލަތުގެ ދަރަންޏާ ބެހޭ ބިލް" ގެ މަސައްކަތާއި ޔޫރަޕިއަން ޔޫނިއަން އާއެކު ސަރުކާރުން ސޮއިކުރާ ސަމޮއާ އެގްރިމެންޓަށް ރުހުން ހޯދުމާމެދު ގޮތެއް ނިންމުން ހިމެނެއެވެ.
އޭގެ އިތުރުން ތުރުކީއަށާއި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން އައްޔަނު ކުރުމާމެދު މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ މަސައްކަތްވެސް މާދަމާގެ ޖަލްސާއަށް ތާވަލު ކޮށްފައިވެއެވެ.
މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތާވަލު ކޮށްފައިވާއިރު ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވައި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ.
އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު