ކޯހެއް ފުރިހަމަ ނުކޮށް ކައުންސިލަރުންނަށް މަޤާމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމަށް ވިސްނަވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޒުލްފާ ވިދާޅުވީ ކައުންސިލަރުން މަޤާމުގެ މަސްއޫލިއްޔަތު ނޫފުލާ ކަމުގެ އަޑުތައް ގަދަވެފައިވާ ކަމަށާއި އެހެންކަމުން ކައުންސިލަރުން މަޤާމަށް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް ފުރިހަމަ ނުކޮށް ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމުގެ ހުވާ ނުކުރެވޭ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޒުލްފާ ވިދާޅުވިއެވެ.
“އަޅުގަނޑުގެ ވިސްނުމަކީ އެމްކިޔުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާކުރުމުގެ މަރުޙަލާ ކަނޑަތު ނުކުރެވޭ ގޮތް ހެދުން.” ޒުލްފާ ވިދާޅުވިއެވެ.
ޒުލްފާ ވިދާޅުވީ މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލަރުން ރައްޔިތުން އެދޭ ކަންކަން އެޖެންޑާ ކުރުމުގެ ބަދަލުގައި ޕާޓީތަކުގެ މަސްލަޙަތު އިސްކޮށްގެން މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި ޤާނޫނުގައި ބުނާ ކަންތައްތައް ކުރުމުގެ ރޫޙު ބައެއް ކައުންސިލަރުން ނުގެންގުޅުއްވާ ކަމަށްވެސް ޒުލްފާ ވިދާޅުވިއެވެ.
ޒުލްފާ މިމޭރުމުން ވިދާޅުވެފައިވާއިރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކޮށް ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު