ސިޔާސީ މަޤާމުތަކަށް މުސާރަ ދިނުމަށް މަހަކު 700 މިލިއަން ރުފިޔާ މިސަރުކާރުން ޚަރަދު ކުރާކަމަށް އެމް.ޑީ.ޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމް.ޑީ.ޕީ ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލީ މިސަރުކާރުގެ ނާޤާބިލު ކަމުން އިޤްތިޞާދު މެނޭޖް ކުރުމަށް ނޭނގުމުގެ ސަބަބުން ކަމަށެވެ.
އޭގެއިތުރުން މި ސަރުކާރުން ހާލަތާ ނުބައްދަލު ޚަރަދު ކުރަމުންދާކަން ފާހަގަ ކުރަށްވަމުން އަމީރު ވިދާޅުވީ ސަރުކާރުން ދެހާހަށްވުރެ ގިނަ ޢަދަދެއްގެ ސިޔާސީ މަޤާމުތައް އުފައްދައި އެ މަޤާމުތަކުގެ މުސާރައަށް އެކަނިވެސް 700 މިލިއަން ރުފިޔާ ޚަރަދު ކުރަމުންދާ ކަމަށެވެ.
އަމީރު މިއަދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައާއި ޚަރަދު ވެސް މިހާރު ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ދައުރު ބަދަލުވި ފަހުން ކުންފުނިތަކުގެ މުސާރައިގެ ޚަރަދު ޖުމްލަކޮށް 15 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އެމް.ޑީ.ޕީ އިން މިއަދު ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 2023 ނިމުނުއިރު ފެނަކައިގެ ޕޭރޯލް 74 މިލިއަން ރުފިޔާގައި ހުރިނަމަވެސް މިހާރު އެޢަދަދު ވަނީ 84 މިލިއަން ރުފިޔާ އަށް އަރާފައެވެ. އަދި އާރުޑީސީގެ ޕޭރޯލް 22 މިލިއަނުން 28 މިލިއަނަށް މައްޗަށް ޖެހިފައިވާއިރު ވެމްކޯގެ ޕޭރޯލް 21 މިލިއަނުން 31 މިލިއަނަށް މައްޗަށް ޖެހިފައިވެއެވެ.
ހަމައެއާއެކު ސްޓެލްކޯއިން މުސާރައަށް ކުރާ ހޭދަ 44 މިލިއަނަށް އަރާފައިވާއިރު އެމް.ޓީ.ސީ.ސީގެ ޚަރަދު ވަނީ 65 މިލިއަނަށް އަރާފައެވެ.
މި ސަރުކާރުގައި 2000 ސިޔާސީ މީހުން ތިބިކަމަށް އެމް.ޑީ.ޕީ އިން ބުނި ނަމަވެސް ސަރުކާރުގައި ތިބި ސިޔާސީ މީހުންގެ ރަސްމީ ޢަދަދު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު