ނައިފަރުގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކައިން މަސައްކަތް ފަށައިފިއެވެ.

ފެނަކައިން މައުލޫމާތު ދޭ ގޮތުގައި ނައިފަރުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި 1200 ކިލޮވޮޓްގެ ޖަނަރޭޓަރެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ފެނަކައިގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން އިތުރުކުރުމަށް ހިންގޭ މަޝްރޫއުގެ ދަށުން ގެންދިޔަ ޖަނަރޭޓަރެކެވެ. މި މަޝްރޫއުގެ ދަށުން އެހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްވެސް ވަނީ ނިންމާފައެވެ.



ފެނަކައިގެ ފުރަތަމަ ކުއާޓާރގެ ހިސާބުތަކުން ދައްކާ ގޮތުގައި ފެނަކައިގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 10.7 މެގަވޮޓް އިތުރުކުރެވިފައެވެ. މިއީ 20 ރަށެއްގައި އިތުރު ކުރެވުނު ކެޕޭސިޓީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން