މިސަރުކާރުން އަދަދު ނޭނގޭހާ ގިނަ ސިޔާސީ މުވައްޒަފުން ނެގީ ރާއްޖެ އަނދަވަޅަކަށް ވައްޓާލުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ދަރަންޏާ ބެހޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މީކާއީލް މިއަދު ވިދާޅުވީ، މި ސަރުކާރަށް ދަރަނީގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ.
އެގޮތުން ސަރުކާރުގެ ކުޑަވެސް އިހުލާސްތެރިކަމެއް ހުރިނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމީހުންނަށް ހިނގާ ހަރަދު ހާމަކުރެއްވުން ކަމަށް މީކާއީލް މިއަދު ވިދާޅުވިއެވެ. އެކަން ނުކުރަށްވާނަމަ އެއީ ގަސްތުގައި ދިވެހިރާއްޖެ އަނދަވަޅަކަށް ވައްޓާލަން ސަރުކާރުން ކުރަށްވާ ކަމެއްކަމަށް މީކާއީލް ތުހުމަތު ކުރެއްވިއެވެ.
މީކާއީލް ވަނީ މަޖިލީސް އިންތިޚާބާ ދިމާކޮށް ސަރުކާރުން އަދަދު ނޭނގޭހާ ގިނަ ސިޔާސީ މުވައްޒަފުން އެކި މަގާމުތަކަށް ނަގަމުން އައީ ދިވެހިރާއްޖޭގެ މާލީ ހާލަތު އެނގިވަޑައިނުގެން ކަމާމެދު ސުވާލު އުފައްދަވާފައެވެ.
އޭގެ އިތުރުން ސިޔާސީ މުވައްޒަފުންނަށް މުސާރަ ދެނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށާއި އެހެންކަމުން އެމަޤާމުތަކުގެ ޢަދަދު ރައްޔިތުންނަށް އެނގެން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކޭނަމަ އެއީ ރައްޔިތުން ވަރަށް ދަށު ދަރަޖައަކަށް ވައްޓާލުން ކަމަށް މީކާއީލް ވިދާޅުވެފައިވެއެވެ.
“އެޔެއް މިޔެއް ނުބަލާ ކަނާއަތުން ވާއަތަށް އަތުރާލާފައި އަދަދު ނޭނގޭހާ ގިނައިން ސިޔާސީ މުވައްޒަފުން ނަގަމުން އައީ މި ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު އެނގިވަޑައިނުގެންތޯ؟ ނޫނިއްޔާ ގަސްތުގައި ދިވެހިރާއްޖެ އަނދަވަޅަކަށް ވައްޓާލަން ކުރެއްވި ކަމެއްތޯ؟” މީކާއީލް މިއަދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވިއެވެ.
މީކާއީލް މިއަދު އިތުރަށް ވިދާޅުވީ އެމް.ޑީ.ޕީ ގެ 5 އަހަރުގެ ތެރޭގައި 24.7 ބިލިއަން ރުފިޔާ ދިވެހި ދައުލަތުން ދަރަނީގެ ގޮތުގައި އަދާކުރި ކަމަށެވެ. އަދި އެއީ ޕީ.ޕީ.އެމް ގެ ސަރުކާރުން ދިވެހި ދައުލަތަށް ވާރުތަކުރި ދަރަނި ކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ.
މީކާއީލް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވައި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު މިހާރުވަނީ ނިންމަވާފައެވެ. އެގޮތުން 400 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު