ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެ ޤައުމަކަށް ޢައްޔަން ކުރެއްވި ސަފީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވަނީ ތުރުކީއާއި ޕާކިސްތާނަށް ޢައްޔަނު ކުރެއްވުމަށް ރައީސް ފޮނުއްވި ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.

އެގޮތުން ތުރުކީއަށް ރާއްޖޭން ކަނޑައަޅާ ސަފީރަކަށް ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަނުކުރުމަށާއި ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ޠާހާ، ޕާކިސްތާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި އައްޔަނުކުރުމަށް މަޖިލީހުން ފާސްކޮށްފައިވެއެވެ.

އެ ދެބޭފުޅުންނަށް ރުހުން ދޭން ފެނޭތޯ މަޖިލީހުގައި ވަކިވަކިން ނެގި ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ގޮތަށް ދެ ޤައުމަށްވެސް ސަފީރުން ޢައްޔަން ކުރުމަށް ރުހުން ދިނުމަށް 82 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މި ދެ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން