ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ހާޒިރުކުރި މިއަދުގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދުގެ ބައްދަލުވުމަށް ފުލުހުންގެ އިސް ބޭފުޅުންވެސް ވަޑައިގެންނެވި އިރު ސިއްރު މައުލޫމާތުތަކެއް ހާމަކުރާތީ ބައްދަލުވުން ސިއްރު ކުރަން އޮތީ ހުށަހަޅައިފަ އެވެ. އެކަން މިއަދުގެ ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން ވެސް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

އެހެންވެ އެ ބައްދަލުވުން ސިއްރުކުރަން ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް ހުށަހެޅުއްވި އެވެ. އަދި އެކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ތާއިދުކުރައްވައި ވޯޓަށް އެހުމުން ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތާއެކު ބައްދަލުވުން ސިއްރުކުރަން ފާސްކުރި އެވެ.

ހޯމް މިނިސްޓަރު މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ދުވަހު މިނިސްޓަރު ވަނީ މާލޭގައި ހިނގާ ވައްކަންތަކާއި އަދި އެހެނިހެން މުހިންމު މައުލޫމާތުތަކެއް ހާމަކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން