ހައްޖުން އައި މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ގާއިމުކުރި ފްލޫ ކްލިނިކް ބަންދުކޮށްފި އެވެ.
ހައްޖުވެރިން އެނބުރި އަންނަމުންދާ އިރު އާންމު ސިއްހަތުގެ ރައްކާތެރިކަށް ކަށަވަރުކޮށް އަދި އެފަރާތްތަކަށް ހާއްސަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމާއެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް އެޅިފިޔަވަޅެއްގެ ގޮތުން ހެލްތު މިނިސްޓްރީން ފްލޫ ކްލިނިކްތައް ގާއިމުކުރީ މި މަހުގެ ކުރީކޮޅު އެވެ.
އެގޮތުން އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައި ފްލޫ ކްނިކްތައް ގާއިމުކުރި އެވެ.
ނަމަވެސް ފްލޫ ކްލިނިކްތަކުން ހިދުމަތް ހޯދާ މީހުން ވަރަށް ބޮޑަށް މަދުވެފައިވާތީ އިއްޔެއިން ފެށިގެން އައިޖީއެމްއެޗުގައި ހުރި ކްލިނިކް ހުއްޓާލައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ނަމަވެސް އަނެއް ދެ ހޮސްޕިޓަލުގައި ގާއިމުކުރި ކްލިނިކް ބަންދުކުރި ކަމެއް އަދި ސާފެއް ނުވެއެވެ.
ކްލިނިކް ބަންދުކުރި ނަމަވެސް ރޯގާގެ އަލާމަތް ހުރިނަމަ މާސްކު އަޅައިގެން ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު