އާސަންދައިގެ ދަށުން ބޭރަށްދާ މީހުންނަށް ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އާސަންދަ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކެއްގައި ބުނެފައިވާ ގޮތުގައި އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރަންދާ މީހުންނަށް ބޭންކު ރޭޓްގައި ޑޮލަރު ހަމަޖައްސައިދޭނެ އެވެ.
ނަމަވެސް އާސަންދަ ކުންފުނިން ބުނީ އެއީ އާސަންދަ ކުންފުންޏާއި އަދި ސްކީމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އެކަމަށް ސަމާލުވުމަށް އާސަންދަ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެކި ނަންނަމުގައި ރާއްޖޭގައި ސްކޭމްތައް ހިންގުމަމީ އާންމުވެފައިވާ ކަމެކެވެ. އަދި މިއީ މިހާތަނަށް އެއްވެސް ހައްލެއް ހޯދިފައިވާ ކަމެއް ވެސް ނޫނެވެ.
ސްކޭމްތައް ހުއްޓުވަން އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި އާ ސެންޓަރެއް ވެސް މިދިޔަ މަހު ފުލުހުން ވަނީ ގާއިމުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު