ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ އެކަނިވެސް 7 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން އިމިގްރޭޝަނުން ބުނީ މާލޭގައި ޓޭކްއަވޭ/ ކެފޭ ހިންގަމުންދާ 4 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެތަންތަނުން ބިދޭސީ 6 ފިރިހެނަކާއި 1 އަންހެނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މިރޭ ހިންގި އޮޕަރޭޝަނުގައި 3 ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ބަންދުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއެއް ވެސް މީގެތެރޭގައި ހިމެނޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މިފަރާތްތަކާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.



ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ ހާއްސަ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާއިރު މި އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފެށި އޮޕަރޭޝަނާ އެކު، ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަކީ ޗޮއިސްއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން