ގޭންގުތަކުގެ މައްސަލަތައް ހައްލުކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވައިފި އެވެ.

މި ސަރުކާރުގެ ވެރިކަން ފެށުނީއްސުރެ ވެސް އެންމެ ބޮޑަށް އިވެމުންދާ އެއް ވާހަކައަކީ ގޭންގުތަކާ ސަރުކާރާ ގުޅުން އޮންނަ ކަމުގެ ވާހަތަކެވެ.

ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން ޕްރޮގްރާމްގައި މިނިސްޓަރު އިހުސާާން ބައިވެރިވަޑައިގެންނެވި އިރު އެކަމާ ގުޅޭ ގޮތުން މިނިސްޓަރާ ވަނީ ސުވާލުކޮށްފަ އެވެ.

އެގޮތުން މި ސަރުކާރުގައި ގޭންގުތަކުގެ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އާންމުން ސުވާލުކުރާާތީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެއީ މުޅިން ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

އެގޮތުން ގޭންގް މައްސަލަަ ހައްލުކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް އިހުސާން ވިދާޅުވި އެވެ.

އެހާ ގެރެންޓީއާއެކު އެފަދައިން ވިދާޅުވަނީ އެކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ދިރާސާތައް ހެދުމަށްފަހު ކަމަށާއި މި ދައުރުގެ ތެރޭގައި އެ މައްސަލަ ހައްލުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަށް ބޭނުންވާ ގާނޫނުތަކަށް ގެންނަން ޖެހޭ އޮލްޓަރޭޝަން [ބަދަލުތަކާއި] ސްޓެރެޓަޖީތައް ފައިނަލްކުރުމުގެ ޕްރޮސެސްތައް މިހާރު ކުރިއަށް ދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

ގޭންގުތަކުން ރާއްޖޭގައި ހާއްސަކޮށް މާލޭގައި މާރާމާރީއާއި ވައްކަމާއި އަދި މީހުން މެރުމުގައި ވެސް ދަނީ ޝާމިލުވަމުން ނެވެ. ނަަމަވެސް އެއްވެސް ސަރުކާރެއްގައި އެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން