މާފުށީ ޖަލުން ފޯނުތައް ހޯދަން ދެން ބޭނުންކުރާނީ ޕްރެސިޝަން ލޮކޭޓަރާއި ޓާގެޓެޑް ޖޭމަރުކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލަށް ފޯނު ވެއްދުމަކީ ވަރަށް އާންމުކޮށް ހިނގަމުންދާ ކަމެކެވެ. އަދި ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ ފޯނު ޖަލުގެ އެކި ގޮޅިތަކުން އަތުލައިގަނެ އެވެ.
ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން ޕްރޮގްރާމްގައި ހޯމް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޖަލުގައި މެޓަލް ޑިޓެކްޓަރެއް ވެސް ނެތް ކަމަށެވެ. އެހެންވެ ކުރިން އޮތީ ކަރެކްޝަންސްގެ އޮފިސަރުން ބޭނުން އެއްޗެއް ޖަލަށް ވެއްދުމުގެ ފުރުސަތު އޮންނަ ގޮތަށް ކަމުގައި މިނިސްޓަރ ވިދާޅުވި އެވެ.
އެއާއެކު ޖަލުތަކުގެ ސަލާމަތީ ކަންކަން ހަމައެކަނި ބަރޯސާވެފައި އޮތީ ކަރެކްޝަންގެ އޮފިސަރުންގެ ނަޒާހަތްތެރިކަމުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާފުށީ ޖަލުގައި ވަރަށް އަވަހަށް ހަރުކުރާނަން ޕްރެސިޝަން ސެލް ލޮކޭޓާސް. މާނައަކީ ފޯނުތައް ހަމަ ދިއްލޭ ހިސާބުން ހަމަ އެ ފޯނު އޮތް ލޮކޭޝަން އެނގޭނެ އެ ލޮކޭޓާސްއަށް." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ގެންގުޅޭ ޖޭމަރުތަކުން މާފުށި އެއްކޮށްވެސް ޖޭމްވާ ކަމަށެވެ. ނަމަވެސް ދެން ބޭނުންކުރާނީ ޓާގެޓެޑް ޖޭމަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު