ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިރޭ 6 ތަނެއް ބަލާފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2 ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މާލެއާއި ހުޅުމާލޭގައި ކޮންމެ ދުވަހަކުހެން ކުރިޔަށް ގެންދާ މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންވެސް ބައިވެރިވާއިރު މިހާތަނަށް 50 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުން ދިޔަ އެތައް ބިދޭސީންނެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި ގިނަ ބަޔަކު މިހާރު ވަނީ ޑީޕޯޓުވެސް ކޮށްފައެވެ.

އާއްމުންނަށް ރިޕޯޓު ކުރެވޭގޮތަށް ހުޅުވާލި "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމާއެކު މި އޮޕަރޭޝަން ކުރިޔަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ ރޭގައިވެސް މިފަދަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި އެ އޮޕަރޭޝަނުގައި 04 ތަނެއް ބަލައި ފާސްކޮށް، 02 ބިދޭސީ އަންހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން