ކާނާ ވިހަވި ފުލުހުންގެ ތެރެއިން އައިސީޔޫގައި އެންމެ ފަހުން ފަރުވާ ދެމުންދިޔަ ދެ ފުލުހުން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ކާނާ ވިހަވީ އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ތަމްރީން ހަދަމުންދިޔަ ފުލުހުންތަކެކެވެ.
އެގޮތުން 32 ފުލުހަކު ކާނާވިހަވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު ފަސް ފުލުހަކު އައިސީޔޫގައި ފުރަތަމަ ފަރުވާ ދިނެވެ. ނަމަވެސް ފަހުން އައިސީޔޫގައި ފަރުވާ ދެމުން ދިޔައީ އެންމެ ދެ ފުލުލުހުންނަށް ކަމަށް ފުލުހުން ފަހުން ހާމަކޮށްފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ބުނީ އައިސީޔޫގައި އެންމެ ފަހުން ފަރުވާ ދެމުން ދިޔަ ދެ ފުލުހުން އިއްޔެ ވޯޑަށް ދޫކޮށްލައިފައިވާ ކަމަށާއި ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ.
އެ ދެ ފުލުހުން ފިޔަވައި ބަލިވި އެންމެން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ކާނާ ވިހަވެގެން އެހާ ގިނަ ބަޔަކަށް ފަރުވާ ދިން އެންމެ ވަރުގަދަ ކޭސް އެވެ. އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮޥާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު