އެކި ބޭނުންތަކުގައި ރާއްޖެ އެތެރެކުރާ ބިދޭސީންނަށް އެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ވޯކް ޕާމިޓާއި ވިސާ ފީ ނުދައްކާ 1000 އަށްވުރެ ގިނަ ކުންފުނީގެ ނަން ހޯމް މިނިސްޓްރީން އާންމު ކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި އެފަދަ ފީތައް ނުދައްކާ 1026 ކުންފުންޏެއް ފާހަގަކޮށްފައިވާއިރު އޭގެތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުނިތައް ވެސް ހިމެނެއެވެ.

މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާގޮތުން ބައެއް ކުންފުނިތަކުން ދައްކަންޖެހޭ އަދަދު 26 މިލިއަނުން މަތީގައި ހުރިއިރު 123 ކުންފުންޏަކުން މިލިއަނުން މަތީގެ އަދަދުތަކުން ފައިސާ ދައްކަންޖެހި ނުދައްކާ އެބަހުއްޓެވެ.

ހޯމް މިނިސްޓްރީން ބުނީ ވޯކް ޕާމިޓް ފީއާއި ވިސާގެ ގޮތުގައި އެއްލައްކަ ރުފިޔާއަށްވުރެ ދަށްނޫން އަދަދެއް ދައުލަތަށް ދައްކަން އޮތް ކުންފުނިތަކުން އެ ފައިސާ ނުދައްކާނަމަ ޕޯޓަލް މެދުވެރިކޮށް އެފަރާތްތަކަށް ބިދޭސީންނާއި ގުޅޭ އެކި ހިދުމަތްތައް ދިނުން މެދުކަނޑާލާނެކަމަށެވެ.

ބިދޭސީންނާއި ގުޅޭގޮތުން ދައްކަންޖެހޭ ފައިސާ ނުދައްކާ ކުންފުނިތައް ސަރުކާރުން އާންމުކުރި މިއީ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން