ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދަށުކޯޓެއްގެ ފަނޑިޔާރަކު ކަމުގައިވުމާއެކު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރު ދުވަހުގެ ދައުރެއް ފުރިހަމަކޮށްފައި ނުވުން ހިމެނެ އެވެ.
އިންތިހާބު އޮންނާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ’ފަހިވޯޓް‘ މެދުވެރިކޮށް ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެއެވެ.
ޖޭއެސްސީގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު