ދަތުރުފަތުރުގެ ފަސޭހަކަން އިތުރުކުރުމަށް މޯލްޑިވިއަނުން ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ އެމެޑިއަސް ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (އަމަޑިއަސް ޖީޑީއެސް) އާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ ތެރެއިން ޑިސްޓްރިބިއުޝަން ނެޓްވޯކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އަދި ޑިސްޓްރިބިއުޝަން ނެޓްވޯކް އާއެކު ކުންފުނީގެ އަގުހުރި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި ކަސްޓަމަރުންނަށް ދަތުރުފަތުރުގެ އެކްސެސިބިލިޓީއާއި ފަސޭހަކަން އިތުރުވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ޖުލައި 25، 2024 އިން ފެށިގެން މޯލްޑިވިއަނުން އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ ބިލިން އެންޑް ސެޓްލްމަންޓް ޕްލޭން (ބީއެސްޕީ) އިން އިންޑިއާގެ ބާޒާރުގައި، އަމަޑިއަސް ޖީޑީއެސްއާ އެކު ވަނީ ގުޅިފަ އެވެ. އެއާއެކު ފުރަތަމަ ފަހަރަށް އިންޑިއާގައި އައިއޭޓީއޭ އެކްރެޑިޓްކޮށްފައިވާ ވަކި ބީއެސްޕީ ޓްރެވަލް އޭޖެންޓުންނަށް ކިއު2-986 ޓިކެޓް ޕްލޭޓް ބޭނުންކޮށްގެން އަމަޑިއަސް ޖީޑީއެސް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ފަސޭހަކަމާއެކު އީ-ޓިކެޓް ދޫކުރެވޭނެ އެވެ.

އައިއޭޓީއޭ އިން އެކްރެޑިޓްކޮށްފައިވާ ބީއެސްޕީގެ ހުރިހާ ޓްރެވަލް އޭޖެންޓުންގެ ސޭލްސް ހުޅުވާނީ 14 އޮގަސްޓް 2024 އިން ފެށިގެންނެވެ.

މޯލްޑިވިއަންގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް އަމްރާހް އުމަރު ވިދާޅުވީ އަމަޑިއަސް ޖީޑީއެސް އާއި އައިއޭޓީއޭގެ ބީއެސްޕީއާ އެކު މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ކެޕޭސިޓީ ފުޅާކޮށްގެން، ކަސްޓަމަރުންނަށް ދަތުރުކުރުމަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ހަބް އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ތިން މަންޒިލަކަށް ކޮންމެ ހަފްތާއަކު 13 ނޮންސްޓޮޕް ފްލައިޓް އޮޕަރޭޓް ކުރެ އެވެ. ހަފްތާއަކު ހަތަރު ދަތުރު ކޮޗިން އަށް، ހަފްތާއަކު ފަސް ދަތުރު ތިރުވަންތަޕޫރަމް (ޓީއާރުވީ) އަށް އަދި ހަފްތާއަކު ދެ ދަތުރު ބެންގަލޫރު އަށް ކުރެއެވެ. މި ހުރިހާ ދަތުރެއްވެސް ކުރަނީ މޯލްޑިވިއަންގެ އޭ320 ގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން