ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގެންގުޅުއްވި ރަސްމީ އީމޭލްގައިވާ ހުރިހާ މެއިލްތައް ފޮހެލި މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުން ކުރައްވަމުން ގެންދެވި ރަސްމީ އީމެއިލް ގައިވާ ހުރިހާ މެއިލް، މިދިޔަ އަހަރުގެ ތެރޭގައި ޑިލީޓް ކޮށްލާފައިވާ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި މިިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުށަހަޅާފައިވާ، ކުރިން އެމިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި ޑރ. އައިޝަތު އަލީ އާއި ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.

ޑރ. އައިޝަތު އަލީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެކަމަނާ މިނިސްޓަރު ކަމުގައި ހުރި އިރު ބޭނުން ކުރި މެއިލްއަށް ލޮގިންވުމަށް މީހަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މެއިލް އަކީ މިިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ޑީއެކްޓިވޭޓް ކޮށްފައިވާ މެއިލް އައިޑީއެއް ކަމަށާއި، އެ ތާޜީހުގެ ފަހުން އެ އައިޑީއިން މެއިލްއެއް ދިޔަޔަސް އެއީ އެކަމަނާ ނޫން ކަމަށް އެކަމަނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން