ޓިކްޓޮކްގެ ޒުވާބެއް ހޫނުވެ އަންހެނުންތަކެއް މެދުގައި މާރާމާރީ ހިންގައިފިއެވެ.

ޓިކްޓޮކް ލައިވްގައި މާރާމާރީ ހިންގި ބައެއް ވީޑިއޯތައް ސޯސަލް މީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ.

ދައުރުވަމުންދާ ވީޑިއޯ އިން ފެންނަގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައެެވެ. ވީޑިއޯ އިން އެ ސަރަހައްދުގައި ހަތަރު އަންހެނުން ތިބޭ މަންޒަރު ފެނެއެވެ. އޭގެތެރެއިން އެކަކު ވަނީ އެތަނުން އެއް އަންހެން ކުއްޖެއްގެ ކޯތާފަތްމަތީގައި ޖަހާފައެވެ. މާރާމާރީ ހިންގީ ތިން އަންހެނުން ވެގެން ކަމަށް އެނގިފައިވެއެެވެ. އާންމު ވެފައިވާ ވީޑިއޯގައި މާރާމާރީ ހިންގުމުގައި ކުރިން ދޮގު ހަދަނީ ކީއްވެތޯ އަނިޔާ ލިބުނު ކުއްޖާގެ ކައިރީގައި ތިބި އަންހެނުން ސުވާލުކުރާ އަޑުއިވެއެވެ.

ފުލުހުން ބުނީ ތިން އަންހެނަކު މާރާމާރީ ހިންގި މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައި ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޓިކްޓޮކް ތެރޭގައި ޒުވާބުތައް ހޫނުވެ ދާދި ފަހުން ދެ ފިރެހެނަކުވެސް ގެއަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެމައްސަލައިގައި ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން