ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމަންޓް ނުވަތަ މިިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަކީ އިގުތިސާދީ ސިޔާދަތު ގެއްލޭނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
"ހަވަރުބެރު" މިނަމުގައި އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ފައްޔާޒް ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމަންޓެއް ހަދަންވާނީ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ކަމަށެވެ.
އެގޮތުން އެފަދަ އެގްރިމަންްޓެއް ހަދަނީ އެކްސްޕޯޓް ކުރާ ގައުމުތަކުގެ މެދުގައި ކަމަށާއި ރާއްޖެއަކީ މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރާ ގައުމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެގޮތުން ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓް ކުރުމުގެ ނިޔަތުގައި އެފަދަ އެގްރިމަންޓެއް ހެދުމުން ޗައިނާއިން ރާއްޖެއަށް އެެތެރެކުރާ އެތައް މުދަލަކުން ޑިއުޓީވެސް ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަ އެހެންމެ ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓްކުރަން ބަލާލާއިރު ޗައިނާއަކީ ވެސް މަހުގެ ބޮޑު ކޮމްޕެޓިޓާއެއް ކަމަށެވެ. އަދި މަސް ބޭރުކުރެވޭނެ ކަމަށް ވެސް ބަލައިގެން ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ކުރީ ސަރުކާރުގައި އޮންނާނީ އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ނިންމާފައި ކަމަށާއި އެއާއެކު ރާއްޖެއިން ބޭރުކުރާ މަހަށް އިނގިރޭސިވިލާތުން ޑިއުޓީ ވެސް ނުނަގާނެ ކަމަށް އޭނާ ވިދާލުވިއެވެ.
"ޗައިނާއާއެކު ހެދި އެފްޓީއޭގެ ސަބަބުން އަޅުގަނޑުމެންގެ އިގުތިސާދީ ސިޔާދަތު އެއްކޮށް ގެއްލިގެން ދާނީ. އޭގެ މާނައަކީ އަޅުގަނޑުމެންގެ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ވެސް ބޮޑު ބުރޫއެއް އަރާނެ." އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު