ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކުގައި ޓިކެޓާއެކު އެއަރ ޕޯޓް ލައުންޖްގެ ޙިދުމަތް ތައާރަފުކޮށް އެކަން އިއުލާން ކޮށްފިއެވެ.
މޯލްޑިވިއަންއިން ބުނީ އަލަށް އިތުރުކުރި މި ހިދުމަތުގެ މަގުސަދަކީ ވިޔަފާރިއަށް ދަތުރުކުރިޔަސް ނުވަތަ ޗުއްޓީ ހޭދަކޮށްލަން "ވެކޭޝަނަށް" ދަތުރުކުރާ ފަސިންޖަރުންނަށް ޑޮމެސްޓިކް ފްލައިޓްތަކަށް އިންތިޒާރުކުރާއިރު ހިތްހަމަޖެހިގެން އަދި ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ތައާރަފް ކުރެވުނު ހިދުމަތެއް ކަމަށެވެ.
“އަޅުގަނޑުމެންގެ ލައުންޖުތަކުގައި ހިލޭ ވައިފައި އާއި ތަފާތު ކާބޯތަކެތީގެ ބާވަތްތަކާއި ތާޒާ ބުއިންތަކާއި އަރާމު ގޮނޑިތަކާއި އަދި ޚިޔާރުކުރެވޭ ލައުންޖުތަކުގައި ފެންވެރޭނޭ އިންތިޒާމު ވެސް ހިމެނޭނެ. އަޅުގަނޑުމެން ދައުވަތު އަރުވަން ފަސިންޖަރުންނަށް ފްލައިޓުގެ ކުރިން ލުއި ކާނާ އާއި އެކު އަރާމުކޮށްލުމަށާއި، ޚަބަރުތަކާއި ޝައުގުވެރި ޓީވީ ޗެނަލްތައް ހޯދުމަށް” އަލަށް ތައާރަފް ކުރެވުނު ޑޮމެސްޓިކް ލައުންޖު ހިދުމަތާ ގުޅޭގޮތުން މޯލްޑިވިއަން އިން މައުލޫމާތު ދެމުން ބުންޏެވެ.
މޯލްޑިވިއަންގެ ލައުންޖު ހިދުމަތް ތައާރަފް ކުރެވުނު ތަންތަން:
• މޫނިމާ ލައުންޖް: ޑޮމެސްޓިކް ޓާމިނަލް/ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
• ކާށިމާ ލައުންޖް: ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގައި
• ކާނި ލައުންޖް: އިފުރު ޑޮމެސްޓިކް އެއާޕޯޓުގައި
ލައުންޖަށް ބުކިން ހެއްދޭނީ ޝެޑިއުލް ފްލައިޓް ފުރުމުގެ 4 ގަޑިއިރު ކުރިން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. އެގޮތުން އެ އެއާލައިންގެ ކޯލް ސެންޓަރ، ޓިކެޓިން އޮފީސް، ވައިބަރ އަދި ސޭލްސް އޭޖެންޓުން މެދުވެރިކޮށް ދަތުރުވެރިންނަށް އެ ހިދުމަތަށް މިހާރު ބުކް ކުރެވޭނެ ކަމަށް ކުންފުނިން ބުނެއެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަކީ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ އުދުހުންތަކުގައި ރާއްޖޭގެ އެންމެ ބޮޑު ފްލައިޓް ހިދުމަތް ދޭ ކުންފުންޏެވެ. މޯލްޑިވިއަންގެ 16 ފްލީޓް އޮތް އިރު އެތެރޭގެ އުދުހުންތަކާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ އެކި ސަރަހައްދުތަކާއި ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުތައް ބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު