ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލަން ބޮން ގޮއްވަން ދެމަސް ކުރިން ތައްޔާރީތައް ވިކަން ހާމަވެއްޖެއެވެ. އެގޮތުން ހަމާސްގެ ލީޑަރު މަރާލުމަށް ދެ މަސް ކުރިން ލީޑަރު ދާނެ ކަމަށް ކަނޑައަޅާފައިވާ ގެސްޓްހައުސްއެއްގައި ފޮރުވާފައި ބަހައްޓާފައިވާ ކަމަށް ބޭރުގެ މަސްދަރަކުން ވަނީ ހާމަވެފައެވެ.

އިސްމާއިލް ހަނިއްޔާ އަވަހާރަވީ އީރާނުގެ ވެރިރަށް ތެހެރާނުގެ ގެސްޓްހައުސްއެއްގައި ހުންނަވަނިކޮށް އަންގާރަ ދުވަހުގެ ވަގުތެއްގައި ބާރުގަދަ ގޮވާ އެއްޗެއް ގޮއްވާލުމުން ކަމަށް އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާ ތަކުން ރިޕޯޓުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްމާއިލް ހަނިއްޔާ އެންމެ ފަހުން ހުންނެވި ގެސްޓްހައުސް އަކީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ތަނެކެވެ. އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕަސް ވެސް މަސައްކަތް ކުރަމުން ދިޔައެވެ.

ހަމާސްގެ ލީޑަރު ތެހެރާނަށް ވަޑައިގެން ހުންނެވީ އީރާނުގެ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ހާދިސާގައި ހަމާސްގެ ލީޑަރު އަވަހާރަ ވުމުން އޭގެ ބަދަލު ހިފާނޭ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. އަދި އީރާނުން ވެސް ވަނީ އެގައުމުގެ ފަސްގަނޑެއްގައި މިފަދަ ކަމެއް ހިނގާފައިވާތީ އެ މައްސަލަ ނުބަލައި ދޫކޮށްނުލާނެ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން