އިރާންގައި އަަވަހާރަކޮށްލި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ފަސްދާނުލައިފިއެވެ.

އިސްމާއިލް ހަނިއްޔާގެ ޖަނާޒާގެ ކަންކަން އީރާނުގައި ބާއްވާފައިވާއިރު އޭނާގެ ހަށިކޮޅު ފަސްދާނުލުމަށް ރޭގެ ވަގުތެއްގައި ވަނީ ގަތަރަށް ގެންގޮސްފައެވެ.

ހަނިއްޔާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހުގައި ގަތަރުގައެވެ. ހަނިއްޔާގެ ހަށިކޮޅު ފަސްދާނުލީ ދޯހާގެ އުތުރުގެ ލުސައިލް ސަހަރާގައެވެ. އަދި އޭނާގެ މައްޗަށް ކަށު ނަމާދު ކޮށްފައި ވަނީ އިމާމް މުހައްމަދު ބިން އަބްދުލް ވައްހާމް މިސްކިތުގައެވެ. އެ މިސްކިތަކީ ގަތަރުގައި ހުންނަ އެންމެ ބޮޑު މިސްކިތެވެ.

މި ޖަނާޒާގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންފައިވާއިރު ފަލަސްތީނުގައި ހަރަކާތްތެރިވާ އެކިއެކި ފެކްޝަންތަކުގެ މަންދޫބުން ވެސް މި ޖަނާޒާގައި ވަނީ ބައިވެރިފައެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލީ އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވަނިކޮށް ބޮން ގޮއްވާލާ ދިން ހަމަލާއެއްގައެވެ. އެ ހަމަލާގައި ހަނިއްޔާގެ އިތުރުން އޭނާގެ ހަށިފާރަވެރިއަކުވެސް ވަނީ ޝަހީދުވެފައެވެ.

ހަނިއްޔާ ދިރިއުޅުއްވަމުން ގެންދަވަނީ ގަތަރުގެ ވެރިރަށް ދޯހާގައެވެ. ހަނިއްޔާގެ އިތުރުން ހަމާސްގެ ބައެއް މެމްބަރުންވެސް ދިރިއުޅުއްވަނީ ގަތަރުގައިކަން ފާހަގަ ކޮށްލެވެއެވެ.

ހަނިއްޔާ އަކީ ފަލަސްތީނުގެ މިނިވަން ކަމަށް އެތައް މަސައްކަތެއް ކުރައްވާފައިވާ ލީޑަރެކެވެ. ހަމާސް ޖަމާއަތުގެ ލީޑަރު ކަމުގައި ހުންނަވަނިކޮށް އޭނާ އަވަހާރަ ކޮށްލުން ވެގެން ދިޔައީ މުޅި އިސްލާމީ އުންމަތަށް ވަރަށް ބޮޑު ސިހުމެއް ގެނުވި ކަމަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން