ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ރައީސް ޔާމީނާ ބައްދަލު ކުރުމަށް ދަތުރުފަތުރު ހަމަޖައްސައި ލޯންޗްގެ ބުރަފަތި ހުރީ ރަނގަޅަށްތޯ ބަލަންވާނީ ޔާމީންގެ ވަކީލުން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަނީލޯންޑަރިންގެ ކުށުގައި 5 އަހަރަށް ޖަލަށްލާފައިވާ އަދި މިހާރުވެސް ޚިޔާނާތާއި، މަނީ ލޯންޑަރިން އާއި ޓެރަރިޒަމްގެ އެތައް ތުޙުމަތެއް ކުރެވިފައިވާ ކުރީގެ ރައީސް ޔާމީން އަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތުނުދޭ ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުންނާއި، ޕީޕީއެމްގެ އިސް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކޮށް ޝެއިޚް އިމްރާން ވިދާޅުވީ، ލޯޔަރުން ރައީސް ޔާމީނާ ބައްދަލުކުރުމަށް ދިއުމުގެ ދަތުރުފަތުރާއި ލޯންޗުގެ އިންތިޒާމު ކުރުމަކީ ކަރެކްޝަނުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެބޭފުޅުން ޖެހޭނީ އެހެންފަރާތްތަކުން ހޯދަންޖެހޭ ހުއްދައެއް އޮތްތޯ، ލޯންޗުގެ ބުރަފަތި ހުރީ ރަނގަޅަށްތޯ ބައްލަވަންވާނީ އެބޭފުޅުން." ދާޚިލީ ވަޒީރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ، ލޯޔަރުން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކަރެކްޝަންގެ ފަރާތުން ރައީސް ޔާމީނާއި ބައްދަލުކުރުމަށް ލޯޔަރުންނަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ މުޅިން އާ ދެ މައްސަލައެއްގައި މިއަދު ޝަރީއަތް ބޭއްވުމަށް ތާވަލް ކޮށްފައިވާއިރު އެމަނިކުފާނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ވަކީލުންގެ ފުރުސަތު ނުދެއްވާކަމަށް ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ކިޔަވާ ކުއްޖާ

17-Aug-2020

ޖަމީލު ތީ ގާނޫނު ކިޔަވައިގެން ހުންނެވި ގާނޫނީ މާހިރެކޯލަ.. އެހެންވެއްޖެއްޔާމު އިނގެން ޖެހޭ ދޯ.. ކޯޓުހުކުމެއް ތަންފީޒުކުރަން ހަވާލުވެފައިވާ މީހަކަށް އެއީ ޝޭޚާކަށްވިޔަސް އަދި އުސްތާޒަކަށްވިޔަސް، ޕްރޮފެސަރަކަށްވިޔަސް އޭނާއަށް ކަންކުރެވޭނީ ގާނޫނީ ގޮތުން އެކަން ކުރަން ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރެއިންކަން. ތިމާ އެދޭހާ ކަމެއް ނުވާއިރަށް މީހުންގެ އަބުރު ކަތިލުން ދޯ ދަސްވެފައިވަނީ.. ތީ ބޮޑުވަރެއް.. އަންނިޔަކަށް ދޫކުރާ މީހަކުނެތް.. ގާނޫނު ބޮލާޖަހާފައި ކަންކުރަން ތިޔަ މޮޅު ޑރ. ޖަމީލު މީހުންގެ ކިބައިން އެދެނީ ހަމަ ގާނޫނު އެގިހުރެބާ؟ ބަލަގަ ކޯޓަށް ގޮސް ކޯޓުން ޔާމީނު ދޫކުރުމަށް އެދިބަލަ.. ޑިއުޕްރޮސެސް ތެރެއިން ދޯ ކަންކަންވާނީ.. ވަލިޔުލް އަމުރު ބުނެގެން މީހަކު ވަގުތީގޮތުން ޖަލުން ގެނެވިދާނެ.. އެކަކު ހޯމް މިނިސްޓަރު އެދޭހާ މީހަކު ޖަލުން ގެޔަށްވެސް ނުފުނުވޭނެ އަދި އޭނާ އެދޭ މީހަކު ޖަލުގަިއ ބަންދުވެސް ނުކުރެވޭނެ.. ކުޑަކުދީންނަށް މިވަރު އިގޭނެ... ޖަމީލު ނުފެލި ގާނޫނު ފޮލޯކޮށްބަލަ... ކަރުގެ ނާރު ފުއްޕާފަ ކިތަންމެ ވަރަކަށް ހަޅޭއްޖެއްސަސް.. އަދި އިމްރާނަށް ކިތަންމެ ހަޑިޔަކަށް ގޮއްވަސް އެއްވެސް ބަދަލެއް ނުގެނެވޭނެ.. ކޮސްނުގޮވާ ދެންވެސް ކޯޓުގެ ދޮރުގައި ޓަކިޖަހާބަލަ..!


1

ދަވާލި19

16-Aug-2020

މިއަދު ތިޔަދައްކަވާ ހަސަދައިގެ ހިނިތުންވުން މާދަމާ ހިތިވެދާނެކަމައް ވިސްނަވާ (14) ދުއަސް



ޓްރެންޑިން