ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ސިވިލް ކޯޓުގެ ޤާޟީ ގދ. ފިޔޯރީ ލަންސިމޫގޭ ފަރުހާދު ރަޝީދު، އިންތިހާބު ކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ފަސް ފަނޑިޔާރުން ވާދަކުރެއްވި ކަމަށެވެ. އެގޮތުން ޤާޟީ ފަރުހާދު މި އިންތިހާބު ކާމިޔާބު ކުރެއްވީ 91 ވޯޓުންނެވެ.
އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކުރިމިނަލް ކޯޓުގެ ޤާޟީ އިބްރާހިމް އިހްސާނަށް ލިބިވަޑައިގަތީ 71 ވޯޓެވެ.
މި އިންތިހާބުގައި ފެމިލީ ކޯޓުގެ ޤާޟީ އަބްދުﷲ މުހައްމަދުއަށް އެއް ވޯޓު ލިބިފައިވާއިރު ސިވިލް ކޯޓުގެ ޤާޟީ އައިޝަތު އަޒުފާ އަބްދުއްޣަފޫރާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު 166 ފަނޑިޔާރުންނަށް ލިބުނު އިރު، ވޯޓުލާފައި ވަނީ 163 ފަނޑިޔާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު