ގައުމަށް އަންނަމުންދާ ތަރައްގީއާ އެއްވަރަށް ސިކުނޑިތައްވެސް ތަރައްގީވާންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގާނޫނު ތަންފީޒުކޮށް، ކަންކަން ހައްލުކުރަން އަޅާ ފިޔަވަޅަކީ ބައެއްގެ ހައްގު ނިގުޅައިގަތުން ކަމަށް ދެކޭ ވިސްނުން ބަދަލުވާންޖެހޭ ކަމަށެވެ.

އަދި މިފަދަ މީހުންގެ ހައްގު ހޯދައިދޭން ކަމަށް ބުނެ އަޅާ ބައެއް ފިޔަވަޅުތަކުން، މުޖުތަމައުގެ ކަންކަން ގޯހުން ގޯހަށްދާތަން ފެނިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓޭނީ މުޖުތަމައުގެ ވިސްނުން މިކަމުގައި ބަދަލުކޮށްގެންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ގައުމަށް އަންނަމުންދާ ތަރައްގީއާ އެއްވަރަށް ސިކުނޑިތައްވެސް ތަރައްގީވާންޖެހޭ ކަމަށެވެ.

އަދި ގާނޫނުތައް ތަންފީޒުނުކޮށް ދޫކޮށްލާފައި އޮތްއިރު އެކަމުން ފައިދާތަކެއް ލިބުނު މީހުން އުޅޭ ކަމަށާއި ނަމަވެސް ގާނޫނުތައް ތަންފީޒުކުރަން ފެށުމުން އެ ފަދަ މީހުންނަށް އުނދަގޫވެގެން އުޅޭ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"އުސޫލުގެ ދަށުން ފުލުހުން ފިޔަވަޅު އެޅީމަ އެއީ ހައްގު ނިގުޅައިގަނެވުނީ ކަމަށް ދެކޭ މީހުން އެބަތިބި. ގާނޫނު ނަގަހައްޓާނަމަ ކޮންމެވެސް ވަރެއްގެ ދަތިކަމެއް އަންނާނެ. ނަމަވެސް މީހަކު ގާނޫނާ ޤަވައިދާ ޚިލާފުވީމަ ފިޔަވަޅު އަޅަނީ." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން