ހަ ކިލޯގެ ޕާޓީ ޑްރަގްސް ރާއްޖެއަށް އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލަގައި ހައްޔަރުކުރީ ނެދެލެންޑްސްގެ 30 އަހަރުގެ ފިރިހެނެކެވެ.
އެގޮތުން މިދިޔަ އާދިއްތަ ދުވަހު އޭނާ ގަތަރު އެއާވޭސްގެ ފްލައިޓަކުން ރާއްޖެއައި އިރު އޭނާގެ ލަގެޖުގެ ތެރެއިން ހަ ޒިޕްލޮކް ބޭގުގެ ތެރެއިން މަސްުތުވާތަކެއްޗަށް ޝައްކުކުރެވޭ ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި ހަ ކިލޯ ހުރި ކަމަށެވެ.
އަދި އެތަކެތި ޓެސްޓުކުރި އިރު ޕާޓީ ޑްރަގެއް ކަމަށްވާ މެފިޑްރޯއަށް ޕޮޒިޓިވްވި ކަމަށެވެ.
އެހެން ނަމަވެސް އެތަކެއްޗަކީ އޭނާއަށް ނޭނގި ޕެކްކުރި މީހާ ލީ އެއްޗެއް ކަަމަށް ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހު ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު