ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްގެން އުޅޭ އުޅަނދުތަކުގެ ރަޖިސްޓްރީ ގަވާއިދަށް ފައްތަން މުހުލަތެއް ދޭން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިހާރުވެސް ޓޯކުރެވިފައި އުޅަނދުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތަކާއި ފޭކް ނަންބަރު ޕްލޭޓް ޖަހައިގެން އުޅޭ އުޅަނދުތައް ހިމެނޭ ކަމަށެވެ.

"އެ އުޅަނދުތަކުގެ ވެރިފަރާތުން މި އުޅަނދުތައް 40 ދުވަހުގެ ތެރޭގައި ކަނޑައަޅާ ސަރަހައްދަށް ގެންގޮސްފައި އެ ތަނުގައި ބާއްވައިގެން ހަ މަސް ދުވަސް ތެރޭގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރުމި ހުޅުވާލީ. 40 ދުވަސް ފަހުން މަގުމަތީގައި ހުންނަ މިފަދަ ވެހިކަލްތައް އަނެއްކާވެސް އަޅުގަނޑުމެން އެ އޮންނަ އުސޫލުގެ ތެރެއިން ޓޯކުރަމުން ގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން 40 ދުވަހުގެ ތެރޭގައި ކަނޑައެޅިފައި އޮތް ޒޯނަށް ވެހިކަލްތައް ގެންދިއުމަށް ފަހު ދެން ލިބޭ ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަންގެ ކަންތައް ނިންމުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންވެސް ބޭނުންވަނީ ރައްޔިތުން ހަރަދުކޮށްފައި ހުރި އުޅަނދުތަކަށް އަވަހަށް ރަޖިސްޓްރޭޝަން ހެއްދި މަގުމަތީގައި އެ އެއްޗެހި ގަވައިދާ އެއްގޮތަށް ދުއްވޭނެ ގޮތަށް މަގުފަހިކޮށް ދިނުމަށް." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން