ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ބުޅާ މަހުގައި ކާތަކެތި ހަދައިގެން ވިއްކާކަމުގެ ތުހުމަތު ކުރެވޭތީ އޭނާ ހޯދަން އިއުލާނު ކޮށްފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހުސައިން ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ.

ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، އެއީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށާއި އަދި ބުޅާ މަރައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ހަދައިގެން ވިއްކާކަމުގެ ތުހުމަތު އޭނާއަށް ކުރެވޭކަމަށް ބުނެފައެވެ.

އޭނާ އާންމުކޮށް އުޅޭ ސަރަހައްދުގައި ބުޅާ އެއްކޮށްގެން ބުޅާ ހިފައި ހަދާކަމަށް ފާހަގަ ކުރެވިފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެގޭ ކައިރިން ބުޅަލުގެ އެކި ގުނަވަންތައް ވަކިން އުކާލާފައި ހުންނަތަން ފެންނަކަމަށް ބައެއް މީހުން ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ.

ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނުތާހިރުކޮށް ފޯއް ކޮށައި އެ ވިއްކުމުގެ މަސައްކަތް ކުރި ބަޔަކު ވެސް މިއަދު ވަނީ ހައްޔަރު ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން