ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، ހިސް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅު އަރުވައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސަޢުދާ އާ ބައްދަލުކުރައްވާފަ އެވެ.

ޚާރިޖީ ވަޒީރުގެ މި ބައްދަލުކުރެއްވުމުގައި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި ބައިނަލްއަޤްވާމީ މަސްރަހުގައި މި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރު ޒަމީރު ވަނީ ސައުދީން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން