ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ދައުލަތުން ކުރާ ދައުވާގެ މާދަމާއަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ބުނީ އެ އަޑުއެހުން ކެންސަލްކުރީ މާދަމާގެ އަޑުއެހުމަށް ދައުލަތުގެ ހެކިންނަށް ހާޒިރު ނުވެވޭނެކަމަށް ކޯޓަށް އަންގާފައިވާތީ ދައުލަތުގެ އެދުމުގެ މަތިންކަމަށެވެ.
އެކިފަހަރުމަތިން އެ ކޯޓުގައި މަޑުޖެހުނު މި މައްސަލައިގެ އަޑުއެހުންތައް އަލުން ފަށަން ނިންމާފައިވާއިރު ޔާމީނަށްކުރާ އިތުރު ދައުވާތަކުގެ އަޑުއެހުންތައް ވެސް ކޯޓުގައި ފަށަން ވަނީ ތައްޔާރުވެފައެވެ. އެގޮތުން ވ. އާރަށުގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހަށް ވަނީ ތާވަލުކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.
ފުއްގިރީގެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންޖިނިއަރިން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު