އިންޑޮނޭޝިއާގެ ބަތަމްގައި ބޭއްވި 56 ވަނަ އޭޝިއާ ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގައި ރަންވަނަ ހޯދި ދިވެހި އެތުލީޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެތުލީޓުން ރާއްޖެ އައުމުން މަރުހަބާ ކިޔާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ކުޅިވަރުގެ ބައެއް އިސްވެރިންނެވެ.
މިފަހަރުގެ ބޮޑީބިލްޑިން މުބާރާތުން ރާއްޖެއަށް ވަނީ ދެ ރަން މެޑެލްއާއި އެއް ރިހި މެޑަލް ހޯދާފައެވެ. އެގޮތުން އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީންނެވެ. މިފަހަރު ހޯދި މެޑަލްއާ އެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ އަހަރު މި ކާމިޔާބީ ތަކުރާރުކޮށްފައެވެ.
މި މުބާރާތުން ދެން ރަން މެޑަލް ހޯދީ އަހުސަންއެވެ. އޭނާ ރަން މެޑަލް ހޯދީ އެތުލެޓިކް ފިޒީކްގެ 175 ސެންޓިމީޓަރު ކެޓަގަރީންނެވެ. މިއީ މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖެއަށް ލިބުނު ތިންވަނަ މެޑަލްއެވެ. ރާއްޖޭގެ ޝާހީން އިބްރާހީމް ދީދީ ވަނީ މި މުބާރާތުގެ 60 ކިލޯ ކެޓަގަރީން ރިހި މެޑަލް ހޯދާފައެވެ. ޝާހީންއަށް ވަނީ މީގެ ކުރިން އޭޝިއާގެ މުބާރާތަކުން ރަން މެޑަލް ވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު