މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދިނުމާއި ގުޅޭގޮތުން ރައްޔިތުންްގެ މަޖިލީހުގެ ބައެއް މެންބަރުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާތީ އެކަމުގެ ކަންބޮޑުވުން ރީކޯ މޫސާ މަނިކު ފާޅު ކުރައްވައިފިއެވެ.

މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާބަން ޑިވެލޮޕްމަންޓްގެ ބިލާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވަނީ ވަކި ބަޔަކަށް ހިލޭ ގޯތި ދިނުމާ ދެކޮޅު ކަމަށާއި އެތަންތަން ހިއްކަނީ މުޅި ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިއްކަނީ މާލޭގެ ބައެއް ނޫން ކަމަށާއި ހިއްކަމުންދަނީ ގުޅިފައިވާ ފަޅުތައް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ބައެއް މެންބަރުން ވާހަކަ ދެއްކެވިގޮތުން މޫސަ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މާލޭގައި ވިހައި ބޮޑުވި މީހުންނާއި ރަށްރަށުން މާލެ އައިސް މުޅި އުމުރު ހޭދަކުރި މީހުންގެ ތެރެއިން ގިނަ ބަޔަކު އުޅެމުންދަނީ ގެދޮރު ނެތި ވަރަށް ދަތި ހާލުގަައި ކަމަށެވެ. ނަމަވެސް, އެކަން އެނގިތިބެ އެ ރައްޔިތުން ނިކަމެތިކަންމަތީ ބައިތިއްބާފަައި, ބިންކޮޅެއް ވެސް ދޭން ދެކޮޅަށް ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވާކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެގޮތަށް ވާހަކަ ދައްކަމުންދަނީ “ޔަހޫދީން ފާޑު” ލަދުކުޑަ އަދި ސަރުކާރަށް ވައިއަޅުވާ މަޖިލިސް މެންބަރުން ކަމަށެވެ.

މާލެ ސަރަހައްދުން ބިންހިއްކައިގެންނާއި ބޮޑު ހޭދައެއް ކޮށްގެން ހިއްކާފައިވާ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ނިންމައި އޭގެ ތެރެއިން ބައެއް ގޯތި މިދިޔަ ސަރުކާރުން ވަނީ ހަވާލުވެސް ކޮށްފައެވެ. ނަމަވެސް ހުޅުމާލެ ހިއްކައިގެން އެހާތަނަށް ހިލޭ ބިން ދީފައެއް ނުވެއެވެ. އަދި ސަރުކާރުން ފްލެޓް އަޅައިގެން ދޫކޮށްފައި ވަނީ ވެސް ދިގު މުއްދަތުން އަގު އަދާކުރާ ގޮތަށެވެ. އެހެންކަމުން އެއްބަޔަކަށް ހިލޭ ގޯތި ދީފައި އަނެއްބަޔަކަށް ގޯތި ވިއްކުމަކީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމާއި އިންސާފު ގެއްލިގެން ދާ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ނިމިދިޔަ ސަރުކާރުން މިކަން ކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ނޫންކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ާަެއާސި

26-Aug-2024

މާލޭމީހުން ހާލުގައި ތިބީމަ އެކަމުގެ ނާޖާއިޒް ފައިދާނެގީ އެމްޑީޕީއިންނެވެ. ޕާޓީގެ ތިބި ގާތްމީހުންނާ މަޖިލީސް މެމްބަރުންނަށް ހުޅުމާލެއިން މަކަރާއި ހީލަތުން ގޯތިތައް ދީފައި. ހާލުގައި އުޅޭ ގިނަ މީހުންނަށް އޮތީ ގިރާވަރު ފަޅުން ގޯތި ދީފައި.... މީ ވ.ބޮޑު ޖަރީމާއެއް... މިކަމާއިމެދު ސުވާލުވެވޭނެ ދުވަހެއްވެސް އަދި އެބައޮތް...


0

ރޯނު

26-Aug-2024

ހާލުގައިތިބި މީހުން ތިބީ ހާލުގައި. ގެދޮރުވެރިންނަށް ގޯތި ދިނީ, ތިބުނާ ހާލުގައި ތިބި މީހުން ފްލެޓެއްލިބުނަސް ދެނީ ކުއްޔަށް, ދެން ބަލާބަލަ ތި ގޯތިތައް, އެއޮއްގެން ކެފޭ ހިންގަނީ ކޮބާ ބޯހިޔާވަހިކަން.



ޓްރެންޑިން