ވަގުން އެޑްވާންސްވެއްޖެ ކަމަށާއި އެހެންކަމުން ފުލުހުންނަށް އިތުރު ބާރުތައް ދިނުމަށްޓަކައި ޤާނޫނުތައް ހަރުދަނާކުރަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.
ސަޢުދު މިހެން ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި ތިންވަނަ ފަރާތުގެ އެކައުންޓްގައި ހުންނަ ފައިސާ ހިފަހައްޓަން ފުލުހުންނަށް އަމުރު ނެރެވޭ ގޮތަށް ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށައަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޢުދު ވިދާޅުވީ ސްކޭމް ކޮށްގެން ފޭރިގަންނަ ފައިސާ ގިނަ އެކައުންޓް ތަކަކަށް ދައުރުކުރުމުގެ ކުރިން އެފައިސާ ހިފެހެއްޓުމުގެ ޤާނޫނީ ބާރު ފުލުހުންނަށް ލިބިފައި އޮތުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނުހަނު ބޭނުން ކަމެއް ކަމަށެވެ.
ހަމައެއާއެކު ދުނިޔަވީ ޙަޤީޤަތަކީ ކޮންމެ އެޅުވުމަކަށް ނެއްޓުމެއް އޮތުން ކަމަށާއި އެހެންކަމުން ކިތަންމެ ފުރިހަމަ ޤާނޫނެއް ހެދި ނަމަވެސް ވަގުން އެޤާނޫނުގެ ތެރެއިން ދެމިގަންނާނެ މަގުތައް ހޯދާނެ ކަމަށް ސަޢުދު ވަނީ ވިދާޅުވެފައެވެ.
“ވަގުން އެޑްވާންސް ވެގެންދާ ދިއުމަށް ޙައްލެއް އަޅުގަނޑުމެން އެބަ ގެންނަންޖެހޭ. މި ޤާނޫނަށް އިސްލާޙް ގެނައިނަމަވެސް ވަގުން ކަންތައް ކުރާނީ މިއަށްވުރެ އެޑްވާންސްކޮށް. ނަމަވެސް ފުލުހުންނަށް މިފަދަ ބާރެއް ދީފިނަމަ ވަރަށްގިނަ ބައެއްގެ ފައިސާ މިކަމުގެ ސަބަބުން ރައްކާތެރިވެގެންދާނެ.” ސަޢުދު ވިދާޅުވިއެވެ.
އޭގެ އިތުރުން މިފަދަ ބާރުވެރިކަމެއް ފުލުހުންނަށް ދީފިނަމަ ޤާނޫނެއް ނެތިގެން މިފަދަ މައްސަލަތައް ޙައްލުނުވާކަމަށް ބުނެ ފުލުހުން ދައްކާ ބަހަނާތަކަށްވެސް ނިމުން އަންނާނެ ކަމަށް ސަޢުދު ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.
ސަޢުދު މިހެން ވިދާޅުވެފައިވާއިރު ސްކޭމްތައް ހުއްޓުވުމަށް މިބިލުގައިވާފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީގައި މީގެ ކުރިން ވަނީ އެދިފައެވެ.
މުޙައްމަދު އިބްރާހިމް ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)އަށް ހުށަހެޅުއްވި އިސްލާހުގައި މަކަރާއި ހީލަތުން ނުވަތަ ސްކޭމަކުން އެކައުންޓުގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތަކުގައި އެކައުންޓެއްގެ ވެރިފަރާތް ނުވަތަ ތިން ވަނަ ފަރާތެއްގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން ފުލުހުންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިނުމަށް ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު