ބުޅާމަހުގައި ކާތަކެތި ހަދައިގެން ވިއްކާކަމުގެ ތުހުމަތު ކުރާ ބިދޭސީ މީހާ އަތުލައިގެންފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހުސައިން ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގީ ރޭގެ ވަގުތެއްގަ އެވެ.

ނަމަވެސް އޭގެ ފަހުން އޭނާ އުޅުނީ ފިލައިގެން ނެވެ.

އިމިގްރޭޝަންއިން މިއަދު ހެނދުނު ބުނީ އެ އިދާރާއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި އިމިގްރޭޝަން ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް އޭނާ އަތުލައިގަތީ ކޮންތާކުން ކަމެއް ހާމައެއް ނުކުރެއެވެ.

އޭނާ ބުޅާ މަހުގައި ކާތަކެތި ވިއްކާކަމަށް ބުނާ މައްސަލަ ފެންމަތިވީ ރާއްޖޭގައި ޖަނަވާރުންގެ ހައްގުތަކުގައި މަސައްކަތް ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ނެވެ.

އެ ޖަމިއްޔާއިން ބުނީ އަރަފާތު އަކީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށާއި އަދި ބުޅާ މަރައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ހަދައިގެން ވިއްކާކަމުގެ ތުހުމަތު އޭނާއަށް ކުރެވޭކަމަށް ބުނެފައެވެ.

އޭނާ އާންމުކޮށް އުޅޭ ސަރަހައްދުގައި ބުޅާ އެއްކޮށްގެން ބުޅާ ހިފައި ހަދާކަމަށް ފާހަގަ ކުރެވިފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އޭނާ ދިރިއުޅެމުންއައި ގެ ކައިރިން ބުޅަލުގެ އެކި ގުނަވަންތައް ވަކިން އުކާލާފައި ހުންނަތަން ފެންނަކަމަށް ބައެއް މީހުން ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން