ބޭންކުގައި ހުންނަ ރައްޔިތުންގެ ފައިސާ ގެއްލޭނަމަ އެކަމުގެ ޒިންމާ ބޭންކުން ނަގަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލުގެ ބަހުސްގައި ޤާސިމް ވިދާޅުވީ މަޖިލީހަށް މިހާރު ހުށައަޅާފައިވާ އިޞްލާހުން ސްކޭމްގެ މުޅި މައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށެވެ. އަދި ސްކޭމްގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނީ ބޭންކިން ނިޒާމަށްވެސް ބައެއް ބަދަލުތައް ގެނަސްގެން ކަމަށް ޤާސިމް ވިދާޅުވިއެވެެ.
“އިސްލާހެއް ގެނަޔަސް ނުގެނަޔަސް ބޭންކުގެ ޒިންމާއެއް ބޭންކުގައި ހުންނަ މީހުންގެ ފައިސާ ރައްކާތެރިކޮށް ބެހެއްޓޭނެ ނިޒާމެއް ކަނޑައަޅައިގެން ގެންދިޔުމުގެ މައްޗަށް ކަންތައްތައް ކުރެއްވުން. އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް.” މިއަދުގެ ބަހުސްގައި ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ބޭންކުތަކުން ސްކޭމްގެ ބޮޑެތި ޢަދަދުތަކުގެ ފައިސާ ދައުރުކުރާއިރު އެފައިސާ ބްލޮކް ކޮށްފިނަމަ ނުވަތަ ވަކި މުއްދަތަކަށް ފައިސާ ހިފަހައްޓައިފިނަމަ އެފައިސާ ނުނެގޭނެ ކަމަށެވެ. އެހެންކަމުން އެބާވަތުގެ ސެކިއުރިޓީ ބޭންކުގެ އެތެރޭގައި ވަރުގަދަ ކުރުމަކީ ބޭންކުގެ ޒިންމާއެއް ކަމަށް ޤާސިމް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު ގާސިމް ވިދާޅުވީ ގާނޫނަކުން ލާޒިމު ނުކުރި ނަމަވެސް، ބޭންކުގައި ރައްކާކޮށްފައި ހުންނަ ރައްޔިތުންގެ ފައިސާގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ބޭންކުގެ ޒިންމާއެއް ކަމަށެވެ. އަދި ސްކޭމްތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ބޭންކުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
“އެތައް މިލިއަން ރުފިޔާއެއް އެތައް އަހަރެއްގެތެރޭ ގެއްލިގެން ދިޔައިރު އެމައްސަލަ ބޭންކް އޮފް މޯލްޑިވްސް ނުވަތަ ފައިސާ ގެއްލިގެން އެދަނީ ކޮންމެ ބޭންކަކުން ކަމަށް ވިޔަސް އެބޭންކަކުން މިފައިސާ ހޯދައިދިނުމަށްޓަކައި ކުރި މަސައްކަތަކާއި ކުރެވުނު މަސައްކަތަކާ އެެއްޗެހި އެބަޖެހޭ ބަލަން.” ޤާސިމް މިއަދު ވިދާޅުވިއެވެ.
އޭގެއިތުރުން ރާއްޖޭގައި ބީއެމްއެލް ފިޔަވާ އިތުުރު ބޭންކަކުން ސްކޭމްގެ މައްސަލަތައް ފެންމަތިވާ އަޑު ނީވެނީ ބީއެމްއެލްގެ އެކައުންޓުތައް ގިނަވުމާއި، ގިނަ ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމްތައް ހުރުމުން ކަމަށް ވެދާނެ ކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު